Thinvana visnumakah


ތިންވަނަ ވިސްނުމަކަށް – އާ މެނެޖްމަންޓް އެކުލަވާލުން
ޅިޔަނާ
މިދުވަސްކޮޅަކީ އަނެއްކާވެސް އެމްޓީސީސީގައި ތަފާތު ފާޑުކިޔުންތައް އިތުރުވަމުންދާ ދުވަސްކޮޅެކެވެ. ސަބަބެއްވެސް ނެތިއެއްނޫނެވެ. ލައްކަ ޒަމާންތަކެއްވަންދެން އެމްޓީސީސީގެ އެންމެ އިސް މަގާމު ޑީ.އާރު.ޕީއިން ހިސާރުކޮށްފައި އޮތުމަށްފަހު އެމް.ޑީ.ޕީއަށް ފޮުރޮޅިގެން ދިއުމެވެ. މިބަދަލަކީ ބޮޑުބަދަލެކެވެ. ސަބަބަކީ ކުރިން އިދިކޮޅު މީހުންގެ ގޮތުގައި ލޭބަލްވެ ޕްރޮމޯޝަން ލިބުމުގެ ހައްގު ބައެއް މުވައްޒަފުންގެ ކިބައިން ނިގުޅިފައިވާތީއެވެ. ޕްރޮމޯޝަނަކީ ކުރާ މަސައްކަތަކަށް ނޫނީ ދައްކާ ޕަރފޯމަންސްއަކަށް ބެލުމެއްނެތި ޑީ.އާރު.ޕީ ކެމްޕެއިންގައި އުޅޭ ބަޔަކަށް ލިބޭ ހަދިޔާއަކަށް ބަދަލުކުރި ވެރިކަން ނިމުމަކަށް ގެނައި ބަދަލަކަށްވާތީއެވެ. އެހެންކަމުން ގިނަ މުވައްޒަފުން ބަލައިގަތީ ރަގަޅު ބަދަލެއްގެ ގޮތުގައެވެ. ނަމަވެސް ގިނަ މުވައްޒަފުން ހީކުރިކަހަލަ ބަދަލުތަކެއް އަންނަމުންދާތަން ނުފެންނާތީ އެވާޙަކަ ދެއްކެނީއެވެ. މިއީ ހަމަ ހަގީގަތެކެވެ. ކުރިންވެސް ޑީ.އާރު.ޕީގެ ކެމްޕެއިންގެ ތެރެއިން ޕްރޮމޯޝަން ހޯދި މުއައްޒަފުނަށް ހުންގާނުލިބެނީއެވެ.(އިތުރަށް ވިދާޅުވުމަށް)

ސީނިއަރ މެނޭޖްމަންޓްގައި މިހާރު ގިނައީ މިދެންނެވިކަހަލަ މުއައްޒަފުންނެވެ. އެމްޓީސީސީ ރިސްޓްރަކްޗަރ ކުރުމަށް ނެގި ކޮމިޓީގައި ގިނައީ މިދެންނެވިފަދަ މުއައްޒަފުންނެވެ. އަދި ކޮންމެ ޑިޕާރޓްމަންޓެއް ރީސްޓްރަކްޗަރ ކުރުމަށް ހަވާލުކުރީ އެއްކަލަ ސީިނިއަރ މެނޭޖްމަންޓް ތެރޭ ހިމެނޭ އެޑިޕާރޓްމަންޓެއް ތަމްސީލުކުރާ މުއައްޒަފައެވެ. އަނެއްކާވެސް އެމީހުން (ކުރިން ނުހައްގުން ޕްރޮމޯޝަން ލިބުނު މުއައްޒަފުން) ބޭނުން ގޮތަކަށް ހެދުމުގެ ފުރުސަތު ހުޅުވުނީއެވެ. މިއީ އެއްކަލަ ކުރިން ދެންނެވި ޑީ.އާރު.ޕީ ތައްޕާހުން ކުރިއަށް ދިޔަ މުއައްޒަފުންނެވެ. މިމީހުން އެކުލަވާލާ ސްޓްރަކްޗަރއެއްގައި އިސްލާހީ ބަދަލެއް އެކުލެވޭނެ ކަމާއިމެދު ގިނަ މުއައްޒަފުން ޝައްކުކުރެއެވެ. އެހެންވެސް ނުވާނީ ކީއްވެގެންތޯއެވެ. “ބަޅެއްގެ ނިގޫ ސަންޕާ އޮނަކަށް ލިޔަސް ތެދެއްނުވާނެ”ކަން އެންމެން ދަނެއެވެ.
އަނެއް ސަބަބަކީ އެމްޓީސީސީގެ އެންމެ އިސް މަގާމުތަކަށް އައްޔަންކުރި ބައެއް މުއައްޒަފުންނަކީ އެކަމަށް އެންމެގާބިލު މުއައްޒަފުންނަށް ނުވުމެވެ. އެމްޓީސީސީ ޚަރަދުގައި އެތައްބަޔަކަށް ކިޔަވައިދީ (މިހާރުވެސް ގާތްގަޑަކަށް 15ވަރަކަށް މުއައްޒަފުން އެމްޓީސީސީގައި ހަރަކާތްތެރިވޭ) އެމުއައްޒަފުންނަށް ފުރުސަތުނުދީ އެދާއިރާތަކަށް އައްޔަންކުރީ އެދާއިރާތަކުގެ މިޒަމާނުގެ އެއްވެސް ތައުލީމެއްނެތް އާދަޔާއި ޚިލާފު (އައުޓް ސްޓޭންޑިން) ޕާރފޯމަންސްއެއް ދެއްކިފައި ނުވާ މުއައްޒަފުންނަށްވުމެވެ.
އެމްޓީސީސީގެ އެންމެ މުހިންމު އެއްދާއިރާކަމުގައިވާ އެޗް އާރު ހަވާލުކުރީ (ކޮރަޕްޝަން މައްސަލަތަކެއްގެ ވާހަކަ ދެކެވޭ) ސިވިލް އިންޖިނިއަރއަކާއިއެވެ. އަދި އެސިސްޓެންޓެއްގެ ގޮތުގައި ހަމަޖެހިފައިވަނީ އެޗް.އާރުގެ އެއްވެސް ތައުލީމެއްނެތް މިހާތަނަށް އެއްވެސް ރަގަޅު ޕާރފޯމަންސްއެއް ދެއްކިފައިނުވާ މުއައްޒަފެކެވެ. އައިޓީއާއި ހަވާލުކުރެވުނީ މިދާއިރާގައި މަތީތައުލީމު ހޯދައިގެން އައިސް ތިބި މުއައްޒަފުން ތިއްބާ އެކަމުގެ ތަޖްރިބާނެތް މުއައްޒަފަކާއިއެވެ. ސޭލްސް އެންޑް މާކެޓިން ހަވާލުކުރެވުނީ އެގްރިކަލްޗަރ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް މިދާއިރާގައި އެކަށޭނެ ޕާރފޯމަންސް ދެއްކިފައިނުވާ މުއައްޒަފަކާއިއެވެ. ޓީއެސްޑީ ހަވާލުކުރެވުނީ ކޮރަޕްޝަންގެ ވާހަކަ ދެކެވޭ، މިހާރުވެސް އަމިއްލަ ދޯނި ގެންގުޅޭ (ކޮންފްލިކްޓް އޮފް އިންޓްރެސްޓް) މުއައްޒަފަކާއިއެވެ. އެޑްމިން ދާއިރާ ހަވާލުކުރެވުނީ އެމްޓީސީސީގެ އެޗް އާރުއިން (އެޗް އާރުގައި އުޅުނުއިރުވެސް މުވައްޒަފުންގެ ނަފުރަތު އަމާޒުވެފައިވާ) އެއިމްއަށް ބަދަލުކުރެވި އެއިމްއިން ތަފާތު މައްސަލަތަކާއިހެދި (ކްރަޕްޝަންވެސް ހިމެނޭ) އަލުން އެމްޓީސީސީއަށް ބަދަލުކޮށްފައިވާ މުއައްޒަފަކާއިއެވެ. ކޮންޓްރެކްޓިން އާއި ތިލަފުށީ ހަވާލުކުރެވިފައިވަނީ އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މުއައްޒަފުންނާއިއެވެ. އެހެންކަމުން ގިނަ މުއައްޒަފުން އަދިވެސް އެދެނީ މިހުރިހާ ބަދަލުތައް އަލުން ރިވައިޒްކޮށް ހެޔޮބަދަލަކަށެވެ.
އިސްވެ ދެންނެވި ގިނަ މުއައްޒަފުންނަކީ ޑީއާރުޕީ ކެމްޕެއިންގައި ހޭބޯނާރާ މަސައްކަތްކޮށްގެން ވަޒީފާ ކުރިއެރުން ލިިބިފައިވާ މުއައްޒަފުންނެވެ. އެހެންކަމުން އެފަދަ މުއައްޒަފުނާއި އެއްސަފެއްގައި ވާދަކުރުމުގެ ފުރުސަތު އެހެން މުއައްޒަފުންނަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދިއުންބުއްދިވެރިއެވެ. މިފަދަ ހުޅުވިފައިވާ އުސޫލެއްގައި އެފަދަ މަގާމުތައް އިންޓާނަލީ އިއުލާންކޮށް އެމަގާމުތަކަށް ހުރިހާ މުއައްޒަފުންވެސް ކުރިމަތިލައިގެން އިވެލުއޭޓްކޮށް (އިންޑިޕެންޑެންޓް ކޮމިޓީއަކުން) ވަޒީފާ (ސީނިއަރ މެނޭޖްމަންޓް މަގާމުތައްވެސް) ދިނުމަކީވެސް ކުރެވިދާނެ ގޮތެކެވެ. ކޮންމެ ގޮތެއްވިޔަސް އެހެން މުއައްޒަފުންނަށްވެސް ވާދަކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނަށް ޖެހޭނެއެވެ. އެއިރުން ނޫނީ އެމަގާމުތަކަށް އެންމެ އެކަށޭނެ މުއައްޒަފުންނެއް ނުލިބޭނެއެވެ. އެމްޓީސީސީގެ އާ މެނެޖިން ޑިރެކްޓަރ ވެސް މިކަމަށް ތިންވަނަ ވިސްނެވުމަކަށް ވަޑައިގަތުން ބުއްދިވެރިއެވެ. 
އިސްތިހާރު

16 ޚިޔާލުތައް (+add yours?)

 1. Bafayaa
  ފެބުރުއަރީ 21, 2009 @ 13:21:30

  It comes to me to comment now. Well, Solih is not a “Namoona” as he himself claimed on the above comment. He is corrupted to the toe and knows nothing but complaining. As soon as Solih got the information that Nafaa Naseem would be the next Chairman of MTCC ( The First offer to Nafaa was to Chair the Board) he started lobbying for the TSD Head Post. Solih started complaining about him being rejected during Kapoors’ reign, and his justification to Nafaa was that some accusations have been made regarding his family being MDP loyalists – so Kapoor didn’t like that. Well, some TSD fellas especially Seniors guys there now know him better then Solih himself. Don’t get surprised… You may be hearing the same old story about his life, how he became a successful Manager and how he handled TSD and Sales Centre before, over and over again if you happen to a get a chance to talk to him.
  Solih is nothing but a Big mouth to me. He talks crap. He always hide his corruption very professionally though he mistakenly put his Mobile number sometimes on his cargo Dhoani. Don’t tell me he would improve himself in that post. He couldn’t even handle the smooth transition this time. When the most senior managers in MTCC were transferred to his Department, he couldn’t even assign works to them. Instead, he started ignoring them for a week. So better judge yourself how capable this man is for such a post. He couldn’t even handle a conversation if you happen to talk in a professional matter. Be it in his so called profession , within no time you could see him out of information. Yes, he may be the suitable man for hosting an entertainment show but definitely he is not the one to Manage TSD.

  ރައްދު

 2. enkolhu
  ފެބުރުއަރީ 21, 2009 @ 10:13:05

  އޭ ވިސްނާލާ، ތީތާ މައްސަލައަކީ ކޮންމެމީހަކުވެސް އާއަޒުމަކާ އެކު ތަންހިންގަންފަށާ އިރަށް ކޮންމެވެސްބަޔަކު ތިބޭނެ ޖައްސާލާފަ، ދެން ބޮޑުމީހާއަށްޖެހޭނީ ކެނޑިގެންދާން ނޫނީ ކޮންމެކަމެއްވަރިހަމަކޮށްގެންހުންނަން، މީތާ މިކަންކަން ރަނގަޅުނުވެގެން އުޅޭކަމަކީ، ޓީ.އެސް.ޑީ މެނޭޖަރ އަކީ ނަމޫނާ މީހެއް މިތަނަށް ކަންތައްތައް އެނގޭ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ.

  ރައްދު

 3. visnaalaa
  ފެބުރުއަރީ 20, 2009 @ 17:01:38

  asdasd , balan hunahchey mifaharu ehcheh visnadheynan, thi meehunah, haasakoh tsd ge mivaguthu huri boss ah , boss ebunee eh nun , mifaharu mi a e furihama baaruga eyy , eh baaru dhin faraathakun baaru gendhavaane, meekee alhun neh noon viyya, eyna aburaa gothakah ebureynee tsd 2 manager.
  hehe

  ރައްދު

 4. VARAH DHERA MEEHEH
  ފެބުރުއަރީ 19, 2009 @ 14:51:56

  THATS TRUE,I KNOW ONE GUY WHO GTO A TRIPLE PROMOTION. HIS NAME IS IBRAHIM NOW MANAGER TSD. THE OTHER ONE IS AZMEE RENTALS. THEY GOT THE PROMOTION THRICE LAST YEAR, HOW LUCKY THEY ARE.HEHEHEHHEHE HAHAHAHA

  ރައްދު

 5. visnamaa eyrun vaaney faidhaa
  ފެބުރުއަރީ 19, 2009 @ 13:10:20

  mihaaru amalu kuraa muvahzafunge ganoon ga ofys nimenjehey 4:00 ga , ekam tsd boss nimenee 23:30 ga , kihineh baa mi vanee , boss v ma masahkah gina e baa , mee ehen muvahzafunah 4:00 card out kuran engi muvahzafuge haalathu , kihinakun baa dhen ragalhu vaanee , bunaathee adu ahan ” bodu soabu eburey gothakahshey eyge fahathuga thibey kudhi soabun eburey nee”

  “visnamaa eyrun vaaney faidhaa”

  ރައްދު

 6. Beyyaa
  ފެބުރުއަރީ 18, 2009 @ 18:05:00

  Let’s look at our Business Plan for the year 2009. I mean the overall Company Business Plan. Which clearly analyzed the SWOT and PESTEL for the Company hence it is good to know that staff strength has been taken as a Positive factor in the SWOT. However, what we are experiencing now is totally in contrast with the SWOT. We all agree that one of the most useful and important tools in any Organization could be the Human factor, the Human resources. Their Strength should never be underestimated. Their emotional and most importantly the motivational factor should really be appraised in an appropriate way if any Organization desires to achieve its goals.
  It is really sad to emphasize that the senior management is in no situation to think about their Juniors. They seem to be very busy in re-structuring the Organization and bringing all the people in their network to top positions. What is more interesting is that they are even trying to get the Level 6 privileges and benefits while their Juniors are left unapprised in the Lower Levels. I for one, should not let the corrupt Management to bring the changes that easily without any proper Justification. I call upon all our Juniors to team up and show how strong we are when united.
  If we have a Plan to adhere, I advice the Senior Management to facilitate and support us to achieve the common goal in a more focused way. If we are to be punished for our negligence, we should also be rewarded for our achievements. Lets adhere to the ‘Carrot & Stick’ approach and leave aside the harsh disoriented attitude. We only seek common goals when we are working in a company like MTCC as laid out in the business Plan 2009 & we can only accomplish our goals if we are treated equally.

  ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: