Amana Thakaful Insurane


އަމާނަ ޓަކަފުލް އިންޝުއަރެންސް…؟؟؟؟!!!!!؟؟؟؟
އުދާސް (އީމެއިލް އިން)
2008 ވަނަ އަހަރު އެމް.ޓީ.ސީ.ސީގެ މުއައްޒަފުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ލުއިފަސޭހައެއް ހޯދައިދިނުމުގެ ނިޔަތުގައި ތަޢާރަފްކުރި މެޑިކަލް އިންޝުއަރެންސް ސްކީމަކީ އޭގެ ސަބަބުން ކުންފުނީގައި ވަޒީފާ އަދާކުރާ ތަފާތު ފެންވަރުގެ މުއައްޒަފުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދިޔަ ކަމެއް ކަމަށް ހުރިހާ މުއައްޒަފުންވެސް ފާހަގަކުރެއެވެ. ސަބަބަކީ ކޮންމެ މީހަކުވެސް ނުވަތަ އެމީހެއްގެ އަނބިދަރިންގެ ތެރެއިން މީހަކު ބަލިވެގެން ޑޮކްޓަރަށް ދައްކަން ޖެހޭވަގުތު އަމިއްލަ ޖީބުގައި ފައިސާ ނެތަސް އިންޝުއަރެންސް ކާޑުގެ އެހީގައި ކޮންމެ ވަގުތަކުވެސް ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސްނަގާ އަދި އެކްސްރޭއެއް ނުވަތަ ޓެސްޓެއް ހަދަން ޖެހުނު ކަމުގައި ވީނަމަވެސް އެއްވެސް ހާސްކަމެއް ޚިޔާލެއް ފިކުރެއްނެތި މީހަކަށް ސަލާން ނުޖަހާ އެކަންކޮށް ނިންމާލެވޭތީއެވެ. އެހެން ކަމުން އެމް.ޓީ.ސީ.ސީން ކުންފުނީގެ މުއައްޒަފުންނަށް ޞިއްޙީ ދާއިރާއިން މިހޯއްދަވައި ދެއްވި ލުއިފަސޭހައަކީ ކުންފުނީގެ އެންމެހާ މުއައްޒަފުންގެ ހިތުން ދުވަހަކުވެސް ހަނދާން ނުނެތޭނެ އަދި ހަމަ އެއާއިއެކު ކުންފުނީގެ މެނޭޖްމަންޓަށްވެސް ނިހާޔަތަށް ޝުކުރު އަދާކުރާ ކަމެކެވެ. އަދި މިޚިދްމަތަކީ ނުހަނު މަތިވެރި މަޤްޞަދެއްގައި ކުންފުނިން މުއައްޒަފުންނަށް ދެއްވަން ފެއްޓެވި ޚިދްމަތެއްކަން ހުރިހާ މުއައްޒަފުންވެސް ހިތުގެ އަޑިން ޤަބޫލްކުރެއެވެ.(އިތުރަށް ވިދާޅުވުމަށް)

ކޮންމެއަކަސް ކުރިން މިދެއްނެވި ލުއިފަސޭހަތަށް ޞިއްޙީ ދާއިރާއިން ވޭތުވެދިޔަ 2008 ވަނައަހަރު ކުންފުނީގެ މުއައްޒަފުންނަށް ލިބިގެން ދިޔައީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި އެމް.ޓީ.ސީ.ސީ އާއި ދެމެދު ވާހަކަ ދެކެވި ދެފަރާތައްވެސް އެއްބަސްވެވުނު ގޮތްތަކެއްގެ މައްޗައް ބަލާފައެވެ. އޭގެ ތެރޭން އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ ޑޮކްޓަރަށް ދައްކަން ޖެހޭ ޙާލަތްތަކުގައި ނަޤުދު ފައިސާ ނުވަތަ ކޭޝް ބޭނުން ކުރުމުގެ ބަދަލުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ދޫކުރަށްވާފައިވާ އިންޝުއަރެންސް ކާޑު ބޭނުން ކޮށްގެން އެފަރާތުން ހަމަޖައްސަވާފައިވާ ހޮސްޕިޓަލް ނުވަތަ ކްލިނިކް ފަދަތަންތަނަށް އިންޝުއަރެންސް ކާޑު ބޭނުންކޮށްގެން ޑޮކްޓަރަށް ދައްކާ ބޭސްނެގުމުގެ ހުރިހާ ކަމެއް ކުރެވޭގޮތަށް ހަމަޖެހިގެން ދިޔުމެވެ،
އެމް.ޓީ.ސީ.ސީން އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި ގުޅިގެން ވެތުވެދިޔަ އަހަރު ކާމިޔާބުކަމާއިއެކު މުވައްޒަފުންނަށް ދެމުން ގެންދިޔަ މިޚިދްމަތަށް ހުއްޓުމެއްއައީ 2008 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހު ހަފްތާގެ ތެރޭގައި ހިޔުމަން ރިސޯސް ޑިޕާރޓްމަންޓުން ކުންފުނީގެ އެހެން ހުރިހާ ޑިޕާޓްމަންޓަކަށް އެޑްރެސް ކުރައްވާ ފޮނުއްވި މެމޯއްއްގައި ކުންފުނީގެ މުވައްޒަފުންގެ އިންޝުއަރެންސް ކަންތައްތައް 2009 ވަނައަހަރު ކުރިޔަށް ގެންދަވާނީ މިހާރުއެކަން ކުރައްވަމުން ގެންދަވާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ބަދަލުގައި ސްރީލަންކާގެ އަމާނަ ޓަކަފުލް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ކަމުގައި އެންގެވުމާއި ހަމައިން ފެށިގެންނެވެ. އޭގެ ކުރިން މިހާރު މިޚިދުމަތް ދެމުން އަންނަ ފަރާތް އެހެން ފަރާތަކަށް ބަދަލު ކުރަން އުޅޭކަމުގެ އެއްވެސް ވާހަކައެއް މުއައްޒަފުންނާއި ހިއްސާކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ.
2008 ވަނަ އަހަރު މިކަން ފެއްޓެވިއިރު މިކަމަކީ ކިހިނެއް ކޮންގޮތަކަށް ކުރެވޭ ކަމެއް ކަމާއި މިކަން ކުރަމުންދާ ފަރާއްތަކާއި އަދި ޙާއްޞަކޮށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީން މި ޙިދުމަތް ދެއްވަމުން ގެންދަވާ ގޮތާބެހޭގޮތުންނާއި މިކަން ކުރެއްވުމުގައި އެބޭފުލުން ގެންގުޅުއްވާ އުޞޫލްތަކާއި އަދި މިޚިދްމަތް އެލައިޑުން އެމް.ޓީ.ސީ.ސީގެ މުއައްޒިފުންންނަށް ދެއްވަން ޤަސްދު ކުރައްވާ ގޮތާއި އަގުތަކާއި ބެހޭގޮތުންވެސް މުއައްޒަފުންނަށް ތަފާތު ފެންވަރުގައި މަޢުލޫމާތު ދީފައިވާކަން މިފުރުޞަތުގައި ފާހަގަ ކޮށްލަމެވެ. އަދި މިޚިދްމަތަށް މުއައްޒަފުން ހެޔޮހިތުން ރުހި ޤަބޫލުވީ އެމް.ޓީ. ސީ.ސީން އޭރު މުއައްޒަފުންނަށް ދެއްވި މަޢުލޫމާތުގެ އަލީގައި ހިތްހަމަޖެހިތިބެއެވެ. ސަބަބަކީ މިކަމުގައި އެއްވެސް އޮޅުވާލުމެއް ފޮރުވުމެއް ނެތި ހުރިހާ މަޢުލޫމާތެއް ސާފުކޮށް ހުރިހާ މުއައްޒަފުންނަށް އޭރު އޮޅުން ފިލުވައިދީފައިވާތީއެވެ.
ކޮންމެއަކަސް މިފަހރު މިވީގޮތަކީ ކުރީފަހަރު ކަންކުރެއްވި ގޮތާ ޚިލާފަށް މުއްޒަފުންނަށް މިކަމުގެ އެއްވެސް މަޢުލޫމާތެއް ނުދެއްވާ ވާނުވާއެއް އެންގުމަކާއިނުލާ ހަމަ ކުއްލިއަކަށް މިކަކުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ފެނިވަޑަގަންނެވި ގޮތަކަށް ކެމެރާގެ ފުރަގަހުން ކަންކޮށް ނިންމަވާލެއެއްވީއެވެ. ހިތާމައިގެ ކޮޅެއްނެތެވެ. މިގޮތަށް މިކަންތައް ދިޔުމުން އެންމެ ބޮޑަށް ގެއްލުން ނުވަތަ އުދަގޫ އުފުލަން ޖެހުނީ މި ސްކީމުގައި ޑިޕެންޑެންޓުން ގެންގުޅުއްވާ މުއައްޒަފުންނަށެވެ. މިކަމާ ބެހޭގޮތުން މުއައްޒަފުން ހިޔުމަން ރިސޯސް ޑިޕާޓްމަންޓާއި ސުވާލު ކުރުމުން ދޭޖަވާބަކީ އެލައިޑަށްވުރެ އަމާނަތަކަފުލްގެ ޕެކޭޖް ހުރިހާގޮތުންވެސް ރަގަޅުވެފައި ވަރަށް ބޮޑުތަން އަގުހެޔޮ ކަމަށެވެ. މިއަށްވުރެ އިތުރަށް އެއްވެސް މަޢުލޫމާތެއް ސާފުކޮށެއް ނުދެއްވައެވެ. އިތުރަށް ސުވާލެއް ކޮށްފިނަމަ ދޭޖަވާބަކީ މިހާރު ތިކަންތައްތައް ހައްލުކުރެއްވުމަށްޓަކައި ވާހަކަ ދެއްކުމަށް މީޓިންގެއް ބޭއްވުމަށް ވާހަކަ ދައްކަމުން ގެންދާކަމުގައެވެ. މިމަށްސަލާގައި އެންމެބޮޑަށް ސުވާލު އުފެދޭ އެއްކަމަކީ ޑިޕާޓްމަންޓްތައް ހިންގަވަން އެންމެ އިސްކޮށް ތިއްބެވި ވެރިންނަށްވެސް މިކަމާއި ބެހޭގޮތުން މުއައްޒަފުން ސުވާލެއް ކޮށްފިނަމަ އެއަށް ޖަވާބްދާރީވާން ނޭގޭކަމެވެ. މީގެން ދޭހަވާ އެއްޗަކީ ހިގަމުން މިދާއަހަރުގެ މުއައްޒަފުންގެ ހެލްތް އިންޝުއަރެންސް ސްކީމަކީ ވެރިންގެ ފެންވަރުގައި މިކަމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި މިކަންކުރައްވަން އިސްކޮށް ތިއްބެވި ވަކި ބަޔަކަށް ފެންނަ ގޮތަކަށް ނިންމަވާ ލައްވާފައިވާ ކަމެއް ކަމަށެވެ.
އަމާނަ ޓަކަފުލް އިންޝުއަރެނސް ކޮމްޕެނީގެ ފަރާތުން މިއަހަރު އެމް.ޓީ.ސީ.ސީ ގެ މުއައްޒަފުންނަށް މި ޚިދުމަތް ދިނުމަށް ފެއްޓުމުގެ ސަބަބުން މުއައްޒަފުންގެ ފަރާތުން މިހާރު ތަފާތު މައްސަލަތަކާއި ޝަކުވާތައް ޑިޕާޓްމަންޓް ތަކުގެ ވެރިންނަށް ކުރިމަތިވަމުން އަންނަ ކަމުގައި އެބޭފުޅުންވެސް މިހާރު ވިދާޅުވަމުން ގެންދަވައެވެ. އޭގެތެރޭގައި ޑޮކްޓަރަށް ދެއްކުމުގައި އިންޝުއަރެންސް ކާޑުގެ ބޭނުން ނުކުރެވި ވަގުތުން ފައިސާ ދައްކަން ޖެހުމާއި ޑޮކްޓަރަށް ދެއްކުމަށްޓަކާ ކާޑުގެ ބޭނުން ކުރެވޭ ކަމަށް ބުނާ ޙާލަތްތަކުގައި ހިދުމަތް ހޯދުމަށްޓަކައި ގުޅަންޖެހޭ ނަމްބަރަށް ގުޅުމުން ފޯނު ނުނެގުމައި މިފަދަ އެތައް ޝަކުވާތަކެއް ހިމެނެއެވެ. މިހުންނަނީކީ މީގެ ކުރިން އެލައިޑުން މިޚިދުމަތް ދެމުން ގެންދިޔައިރު އެމުއައްޒަފުންނަށް އެއްގޮތަކަށްވެސް ދިމާވަމުން އައިސްފައިވާ މައްސަލަތަކެއް ނޫންކަން ހުރިހާ މުއައްޒަފުންވެސް ވަރަށް ހިތްހަމަ ނުޖެހުމާއިއެކު ފާހަގަ ކުރެއެވެ. އަދިހަމަ އެއާއިއެކު ބައެއް ޑިޕާޓްމަންޓް ތަކުގެ މުއައްޒަފުން މިކަންތައް ދާގޮތާއިމެދު ހިއްހަމަ ނުޖެހިގެން އަމާނަ ޓަކަފުލްއިން މުއައްޒަފުންނަށް ދޫކޮށްފައިވާ ހުރިހާ އިންޝުއަރެންސް ކާޑުތަކެއް އެއްކުރުމައްފަހު ހިޔުމަން ރިސޯސް ޑިޕާޓްމަންޓާއި ޙަވާކުރުމަށް ވިސްނަނަމުން ގެންދާކަންވެސް މިހާރުވަނީ އެގިފައެވެ.
މީހުންނަށް މިހާ ހޭލުންތެރިކަން އައިސްފައިވާ ދުވަސްވަރެއްގައި ތިމާމެންގެ ދަށުން މަސައްކަތް ކުރަން ތިބި މީހުންނަކީ ތަނެއްދޮރެއް ނުދައްނަ ގަމާރު މާނިކަމެތި ބައެއް ކަމަށްދެކި ތިމަންމެން ހެދިގޮތަކަށް ހެދިގެން ތިބޭނެކަމަށް ހީކޮށް ބޮޑު ގޮނޑީގައި ދެފައި ވައްކޮށްގެން ތިބެވުނު ޒަމާން މިހާރު ފާއިތުވެ ހިގައްޖެ ކަމުގައި އަދިވެސް ޤަބޫލު ނުކުރެވެނީ ކަންނޭގެއެވެ. މިޒަމާނަކީ ކޮންމެ ފެންވަރެއްގައި ކޮންމެ ތަނެއްގައި ކަމެއް ނިންމިޔަސް އެމާހައުލެއްގައި މަސައްކަތް ކުރާ ވިހާވެސް ގިނަބައެއްގެ ޚިޔާލާ އެއްގޮތަށް އެންމެންގެ ޙިއްސާ އެކުލެވޭ ގޮތަށް ކަންތައްތައް ނިންމަމުން ގެންދާ ޒަމާނެވެ. އެހެންކަމުން މިހާރު މިދިމާވެގެން މިއުޅޭ މައްސަލާގައިވެސް މިކަން ކުރުމުގެ ކުރިން ކުންފުނި ކުރިޔަޢް ގެންދިޔުމަށްޓަކާ ގުދާރު ބިންދައިގެން ރެއާއި ދުވާލު ރަތްދެކަ އަވީގަޔާއި ގަދަ ވިއްސާރާގައި ކަށިން ހިވްވަރު ނެރެގެން ކުންފުންޏަށްޓަކާ ޤުރުބާންވާން ތިބި ނިކަމެތި މުއައްޒަފުންނާ މަޝްވަރާކޮށް އެންމެންގެ ޚިޔާލު ހޯދައިގެން މިކަން ކުރިޔަށް ގެންދިޔަނަމަ މިހާރު މިދިމާވާފަދަ މައްސަލަތަކެއް ހަމަ ޔަޤީނުންވެސް ކުރިމަތި ނުވާނެކަން ކަށަވަރެވެ. އަދި މިފަދަ ބޮޑެތި ކަންކަން ނިންމަވާއިރު އަމިއްލަ އެދުމަށް
ނުވިސްނަވާ ކުންފުނީގެ އެންމެމަތީ ވެރިންގެވެސް ލަފަޔާއި ޚިޔާލުފުޅު ހިމެނުމަކީ މިފަދަ ކަންކަމުގައި ކުންފުންޏަށާއި މުއައްޒަފުންނަށް އެންމެ ފައިދާބޮޑު ގޮތް ކަމުގައި ވެގެންދާނެއެވެ..
ވަލްޙަމްދު ލިﷲ ވަރަށް ބޮޑަށް ޝުކުރިއްޔާ…..
Advertisements

17 ޚިޔާލުތައް (+add yours?)

  1. uza
    މާރިޗު 05, 2009 @ 13:31:13

    FYI, According to a email form HR to everyone list/MTCC dated on Wed 3/4/2009 , all the medical claims for reimbursement should be submitted to Amana Takaful Insurance within 30 days. Any claims sent after the said time period will not be accepted by Amana Takaful Insurance.
    Also on the same day another mail reminded to submit all outstandiing claims on or before 10th March 2009..

    ރައްދު

  2. hellbo
    ފެބުރުއަރީ 23, 2009 @ 18:20:21

    Insurance Scheme! funny one. so each time i am sick, i have to go jump onto a bed there and connect an IV to my hand. To use my insurance card.

    I can seriously see how much concern there is for MTCC staff. (note the sarcasm!)

    ރައްދު

  3. bafayaa ge dhari
    ފެބުރުއަރީ 23, 2009 @ 10:52:01

    While preparing agreement between takaful and mtcc, all the rights was on Jabeen and Fathih hand. whell it is done on favour of them not for Mtcc plc staff.that package was design specially for Baghaalhee labourous by takaful and it was forward to Jabee to comment , she thought that was best suited for MTCC staff, Are we from that catagegorary !! because not only insurance scheeme , Lets named everything that suit well , like education allowance instead discrimination allowance, we all have to prepare our job descreption by ourself funny dho,,, it shows their educational level and capacity.. STRIKE AGAINST TAKAFUL and mostly HR.

    ރައްދު

  4. moon
    ފެބުރުއަރީ 22, 2009 @ 15:51:03

    އަމާނާތް ތެރިކަމާއެކު މުވައްޒިފުންނަށް ލުއިފަސޭހަގޮތައް ކަންތައްތައް ކޮއް ދޭނަމަ މުވައްޒިފުން ޝަކުވާނުކުރާނެ އަމާނަ ޓަކަފުލް އަކައްވިއަސް ކޮންމެމީހެއްގެ އަތަކުލާރިޔެއްނުހުންނާނެ އެހެންވީމާ ކާރޑު ބޭނުންކުރެވޭގޮތައް ހަމަޖައްސާދޭންވާނެ

    ރައްދު

  5. enkolhu
    ފެބުރުއަރީ 19, 2009 @ 21:27:26

    “އަމާމެންނަށްޓަކައިފުލް” މީހަދަ ވަރުގަދަ ބައެއްދޯއެވެ. މިކަމުގައި އެންމެންވެސް ފާޑުކިޔަނީ އެޗް.އާރު މީހުންނަށެވެ. އެޗް.އާރް މީހުން އަލައިޑް މީހުންކުރިމަތީ ލަދުގަންނަވަރު ވެއެވެ. މުއްދަތުހަމަވެގެންދާއިރުވެސް އެމް.ޓީ.ސީ.ސީ ގެ ފަރާތުން ދައްކަންޖެހޭ ލާރިކޮޅު ނުދެއްކެއެވެ. ބޭރުބައެއްވީމަ ލާރިނުދައކާ އޮތަކަސް މާބޮޑަކަށް އަޑެއްނާރާނެ ނޫން ހެއްޔެވެ. އެހެންވެ ބޭރުބަޔަކާ ގުޅުނީއެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: